Category

ލޯބީގެ

އާރާ | އެޕިސޯޑް 12

އާރާ | އެޕިސޯޑް 12

ކުޑަދޮރުގެ ފޮތިގަނޑު ކަހާލިއިރު އިފްރާން ހުއްޓެވެ. ފިޔަގަނޑު ޖަހާލަ ޖަހާލާ އޭނާ ހުރީއެވެ. އެ މޫނުމަތީ އެއްވެސް އުފާވެރިކަމެއް ނެތެވެ. "އިފްރާން؟" އާރާ ގޮވާލުމުންވެސް އެއްވެސް އެއްޗެކޭ އޭނާ ނުބުނެއެވެ. "ކީއްވެފަ ތިހުރީ؟ މިރޭ ނުވަންނަންތަ ތިހުންނަނީ؟" ކިތަންމެ ވަރަކަށް އާރާ ސުވާލުކުރި ނަމަވެސް އޭނާ ޖަވާބެއް ނުދެއެވެ. ބަދަލުގައި ހިތްދަތި ބެލުމަކުން އާރާއަށް ކަޅި ޖަހާވެސް ނުލައި އޭނާ ބަލަން ހުރީއެވެ.

އިތުރަށް ކިޔާ
އާރާ | އެޕިސޯޑް 11

އާރާ | އެޕިސޯޑް 11

"ހެވޭ އެކަމަކުވެސް. މަށަށް ހީވި އެއްޗަކަސް މާދަން މުދިންބެ ގެންނަންވާނެ." ހުސްނާ ސިޑިން ފައިބަމުން ބުނެލިއެވެ. "ދެން މާދަމާ ވީމަ އެނގޭނީ. އިހަށްތި ނިދޭތޯ އުޅެބަލަ." ވަހީދު ޖަވާބުދިނެވެ. "ހާ… ކިރިޔާނު މިސަލާމަތްވީ. މަންމަމެން ހާދަ ބިރުގަނެއޭ އިފްރާން ދެކެ. ކީއްވެބާ؟ އޭނަ އެހާ ބިރުވެރިއެއްވެސް ނޫން" ހަމަޖެހިލުމުގެ ނޭވާއެއްލަމުން އާރާ ހިތާހިތާ ކިޔާލިއެވެ.

އިތުރަށް ކިޔާ
އާރާ | އެޕިސޯޑް 10

އާރާ | އެޕިސޯޑް 10

ގައިމަތީ ރަޖާގަނޑު އަޅަމުން އޭނާ އޮށޯވެލިއެވެ. ރަނގަޅަށް އެދުނގައި ހަމަނުޖެހެވިގެން އުޅެނިކޮށް އަނެއްކާވެސް ކޮޓަރީގެ ބޮކި ނިވި ދިއްލުނެވެ. ދެތިން ފަހަރަކު ނިވި ދިއްލިލާފައި އެއްކޮށް ބޮކި ނިވުނެވެ. އާރާ ބިރުގަތްވަރުން ރޮވުނެވެ. އަޑުބެދުނެވެ. ހަމައެވަގުތު އޭނާގެ ދާދިކައިރީގައި މީހަކު އައިސް އިށީނެވެ.

އިތުރަށް ކިޔާ
އާރާ | އެޕިސޯޑް 9

އާރާ | އެޕިސޯޑް 9

މިއަދު އާރާ ހުޅުވާލީ 1995 ވަނަ އަހަރު ދުނިޔެއަށް އުފަންވި ކުދިންގެ މައުލޫމާތު ފައިލެވެ. އެ ފައިލުގައި ހުރި މައުލޫމާތުތައް ބަލަމުންދަނިކޮށް އޭނާގެ ލޮލުގައި އަޅައިގަތީ ނަން ބަދަލުކޮށްފައިވާ ކުއްޖެއްގެ ލިޔުމަކަށެވެ. އެލިޔުމުގައިވަނީ 2007 ވަނަ އަހަރު އައިޝަތު ހިބާގެ ނަން އައިޝަތު އާރާ އަށް ބަދަލުކޮށްފައިވާ ކަމެކެވެ.

އިތުރަށް ކިޔާ
އާރާ | އެޕިސޯޑް 8

އާރާ | އެޕިސޯޑް 8

ޕާޓް 8 އާރާ ގޮވައިގެން އިފްރާން އުދުއްސައިގަތެވެ. އިސާހިތަކު އާރާގެ ގޭގެ ބެލްކަންޏަށް އޭނާ އާރާ ބޭލުވިއެވެ. "އަހަރެން އަންނާނަން އާރާ ބަލާ…" މިހެން ބުނުމާއެކު އޭނާ އުދުހިގޮސް އާރާގެ ލޮލަށް ނުފެންނަވަރަށް އޮބާލައިފިއެވެ. އާރާ ހުރެވުނީ ބަލާށެވެ.

އިތުރަށް ކިޔާ
އާރާ | އެޕިސޯޑް 7

އާރާ | އެޕިސޯޑް 7

ހުސްނާ އާއި ވަހީދު ބަލަބަލައި ހުއްޓައި ވަހީދު ވަޅުލި ފުޅި ވެލިގަނޑުގެ ތެރެއިން ނުކުމެ މައްޗަށް އެރިއެވެ. އަދި ފެލިކުލައިގެ އަލިކޮޅަކާއެކު އެ ފުޅި ތަޅައިގެން ދިޔައެވެ. ވަހީދު އާއި ހުސްނާއަށް ލިބުނު ސިހުމާއެކު ހުރި ތަނަށް ތިރިވެވުނެވެ. އެވަގުތު ފެހި ވިދުވަރާއެކު ކަޅު ދޫންޏެއް އައިސް ގޭގެ މަތީ ވަށާ އެނބުރެން ފެށިއެވެ.

އިތުރަށް ކިޔާ
އާރާ | އެޕިސޯޑް 6

އާރާ | އެޕިސޯޑް 6

"މީގެ ފަހުން އިރުއޮށްސޭ ގަޑީގައި އަބަދުވެސް ގޭގައި ހުންނާތި. ބައްޕަ މިހެން މިބުނީ ދަރިފުޅަށް ރަނގަޅަކަށް. އެގަޑިއަކީ ބޭރުގައި އުޅެން އެހާ ރަނގަޅު ގަޑި އެއްނޫން." ވަހީދު އާރާއަށް ޝައްކުނުވާނެ ގޮތަށް ވާހަކަދެއްކޭތޯ ބެލިއެވެ. މުދިންބެ ބުނެފައި އޮތީ އިރުއޮއްސޭ ގަޑީގައި އާރާ ގެއިން ބޭރަށް ނުކުތަނުދިނުމަށެވެ. އާރާގެ ފުރާނަޔަށް ގެއްލުމެއް ވެދާނެތީއެވެ.

އިތުރަށް ކިޔާ
އާރާ | އެޕިސޯޑް 5

އާރާ | އެޕިސޯޑް 5

ގޭތެރެއަށް ވަދެ ދޮރުލައްޕާފައި އިރުކޮޅަކު ދޮރުގައި ލެގިލައިގެން އެ ދޫންޏާއި ދޭތެރޭގައި ވިސްނަން އާރާ ހުއްޓެވެ. މިހެން އިރުކޮޅަކު ހުރުމަށްފަހު އެ ދޫނި ފެނޭތޯ ކުޑަދޮރުން ބޭރުބަލާލިއެވެ. ނަމަވެސް އެ ދޫނި ފެންނާކަށް ނެތެވެ. އާރާ ގޭގެ ގޯތިތެރެއަށް ނަޒަރު ހިންގާލިއެވެ. އާރާ ސިއްސައިގެން ގޮސް ފަހަތަށް ޖެހެވުނެވެ.

އިތުރަށް ކިޔާ
އާރާ | އެޕިސޯޑް 4

އާރާ | އެޕިސޯޑް 4

"ދަރިފުޅާ…" ހުސްނާ ދެތިން ފަހަރަކު ގޮވާލުމުން އާރާއަށް ޚިޔާލީ ދުނިޔެއިން ބޭރަށް ނުކުމެވުނެވެ. "ކޮންކަމަކާ ތި ވިސްނަނީ؟" ހުސްނާ ސުވާލު ކުރަމުން އައިސް ޖޯލީގައި އިށީނެވެ. އާރާ އޮތީ އުނދޯލީގައި އޮށޯވެލައިގެން ނެވެ. "ބައްޕަ މިއަދު ހެނދުނު ބުނި ވާހަކައާ މެދު މި ވިސްނަނީ" އާރާ ފުންކޮށް ނޭވާއެއް ލަމުން ބުނެލިއެވެ.

އިތުރަށް ކިޔާ
އާރާ | އެޕިސޯޑް 3

އާރާ | އެޕިސޯޑް 3

އާރާ އަވަސް އަރުވާލައިގެން ތެދުވެ ތަށި ބަހަށްޓާފައި އަތް ދޮވެލައިގެން މައްޗައްއަރާ ކޮޓަރިއަށްވަދެ ތަޅުލިއެވެ. "މި ޖެހުނީ ކޮންކަހަލަ ކަމަކާ؟ މުހީން ގެއަށްވެސް އެއައީ…" އާރާ ގޮސް އެނދުގައި އޮށޯވެ ގައިމަތީ ރަޖާގަނޑު ފަތުރާލިއެވެ. އާރާއަށް ހޭލެވުނީ ގޭގެ ބޮޑުދޮރުގައި މީހަކު ވަރަށް ބާރަށް ޖަހާ އަޑަށެވެ. އާރާ ލޯ އުނގުޅަމުން ތެދުވެ ގަޑި ބަލާލިއެވެ. މެންދަމު ތިންގަޑި ބައިވަނީއެވެ. "ބައްޕަ މަހަށްގޮސްސަ އައީ ކަންނޭންގެ…" ތެދުވެގެން ކޮޓަރީގެ ދޮރާ ދިމާއަށް ދަމުން އާރާ ބުނެލިއެވެ. "ބައްޕަ ވަރަށް ނާންނަގަޑި އެއްމިއީ… އެހެންވީރު އެއީ ކާކުބާ؟" ކޮޓަރިން ނުކުމެގެން ތިރިއަށް ފައިބަމުން އާރާ ހިތައް އެރިއެވެ. އާރާގެ ހިތައް ނޭނގޭ ކަހަލަ ބިރުވެރި ކަމެއް ވަނެވެ.

އިތުރަށް ކިޔާ
އާރާ | އެޕިސޯޑް 2

އާރާ | އެޕިސޯޑް 2

އާރާ ކުނިކަހަމުން ގޮސް ގޭގައި ހައްދާފަހުރި ގަސްތަކާ ދިމާއަށް ދިޔައެވެ. ކުނިކަހަން އޮތްއިރު އާރާއަށް އޭނާގެ ފަހަތުގައި މީހަކު ހުރިހެން ހީވިއެވެ. އާރާ ފަހަތަށް އެނބުރިލަމުން "މަންމާ ބިލަމަގު ކޮޅެއް ބިނދެދެން…ވީ..." އާރާގެ ބަސް ހުއްޓުނެވެ.

އިތުރަށް ކިޔާ
އާރާ | އެޕިސޯޑް 1

އާރާ | އެޕިސޯޑް 1

މެންދަމުގެ ހަމަހިމޭން ވަގުތެވެ. ފިނީގެ ތެރެއަށް އާރާ ނުކުމެލީ އެނދުގައި އޮވެ ފުރޮޅި ފުރޮޅި އެއްގޮތަކަށްވެސް ނިދި ނައިސްގެންނެވެ. އުޑުގައިވާ ތަރިތަކަށް ބަލަން އާރާ ހުރީ އޭނާގެ ގޭގެ ދެވަނަ ބައިގެ ބެލްކަނީގައެވެ. އޭނާ ތަރިތަކަށް ބަލަން ހުރެ ލަވައެއް ކިޔާލަ ކިޔާލާ ހުއްޓެވެ. އުމުރުން 18 އަހަރުގެ އާރާ އަކީ ލޫޅާފަތި ހަށިގަނޑެއް ލިބިގެންވާ ފުރިހަމަ ކުއްޖެކެވެ. އޭނާގެ ކަޅުކުލަ ގަދަ، ދިގު، ފަން އިސްތަށިގަނޑު ވައިގެ ތެރެއަށް ވިހުރޭން ދޫކޮށްލައިގެން ބެލްކަނީ އަތް އަޅައިގެން ލަވަކިޔަމުންދާ މަންޒަރަކީ ހަމަ ޔަގީނުންވެސް މީހަކު ބަލާ ފޫހިނުވާނެ މަންޒަރެކެވެ.

އިތުރަށް ކިޔާ